ބޭސްފަރުވާއަށް ޓްރިވެންޑްރަމަށް ދިޔަ ދެމަފިރިއަކު ގެއްލިގެން ހޯދަނީ

ބޭސްފަރުވާއަށް އިންޑިއާގެ ޓްރިވެންޑްރަމަށްދިޔަ އުމުރުން ދުވަސްވީ ދެމަފިރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުން އަންނަނީ ގއ ގެމަނަފުށީ ޓޫމައި ފްރެންޑްސް ގޭ އުމުރުން 72 އަހަރުގެ އަދު...

05 Aug 2015 | 05:05

ބޭސްފަރުވާއަށް އިންޑިއާގެ ޓްރިވެންޑްރަމަށްދިޔަ އުމުރުން ދުވަސްވީ ދެމަފިރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ގއ ގެމަނަފުށީ ޓޫމައި ފްރެންޑްސް ގޭ އުމުރުން 72 އަހަރުގެ އަދުނާނު ހަސަން އާއި 61 އަހަރުގެ ހަދީޖާ ހުސެއިން އެވެ.

ސަން އޮންލައިނަށް މައުލޫމާތު ދެމުން އެ ދެމީހުންގެ ދަރިއަކު ބުނީ އޭނާގެ މަންމައާއި ބައްޕަ ބޭސްފަރުވާއަށް އިންޑިއާއަށް ދިޔައީ މިދިޔަ ހުކުރު ދުވަހު ކަމަށާއި ދިއުމަށްފަހު ގުޅި ކަމަށާއި އެހެން ނަމަވެސް ހޯމަ ދުވަހަށްފަހު އަދި ހޯމަ ދުވަހުގެ ރެއަށްފަހު އެ ދެމީހުންގެ ހަބަރެއް ނުވާ ކަމަށެވެ.

އެ ދެމަފިރިން އިންޑިއާ އަށް އައީ ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް ކަމަށާއި އިއްޔެ ހެނދުނު 7 ނުވަތަ 8 ޖަހާއިރު އެޑްމިޓް ކުރާ ވާހަކަ އާއިލާއަށް އެންގި ނަމަވެސް އެއީ ކޮން ހޮސްޕިޓަލެއް ކަމާއި އެޖެންޓަކީ ކޮބައިކަން އަދި ތިބެނީ ކޮން ހޮޓަލެއްގައިކަން އާއިލާއަށް އަންގާފައި ނުވާކަމަށް އާއިލާއިން ބުނެ އެވެ.

އާއިލާއިން ބުނެފައިވަނީ މީގެ ކުރިންވެސް އެ ދެމަފިރިން 20 ވަރަކަށްފަހަރު އިންޑިއާއަށް ގޮސްފައި ވާކަމަށާއި މި ފަހަރުވެސް އެ ދެމަފިރިން އިންޑިއާއަށް ދިޔައީ އެކަނި ކަމަށެވެ.

އެ ދެމީޙުން ގެއްލިގެން އެކަން އެރަށު ކައުންސިލުން ފޮރިން މިނިސްޓްރީއަށް އަންގާފައި ވާކަމަށްވެސް ސަން އޮންލައިންގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް