ވީއައިޕީ ޓާމިނަލް ބޭރުބަޔަކާ ހަވާލުކުރަން ނިންމާފައެއް ނުވޭ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގަން ބޭރުބަޔަކާ ހަވާލުކުރަން ނިންމާފައިނުވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. އެމްއޭސީއެލްއިން މިހެން...

05 Jul 2025 | 17:15

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގަން ބޭރުބަޔަކާ ހަވާލުކުރަން ނިންމާފައިނުވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން މިހެން ބުނެފައިވަނީ ފެތުރެމުން އަންނަ އެ ވާހަކަތައް ދޮގުކޮށް ޕީއެސްއެމްއަށް ދީފައިވާ އިންޓަވިއުއެއްގައެވެ.

އެގޮތުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ވީއައިޕީ ޓާމިނަލް ހިންގުން ދިގު މުއްދަތަކަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކައަކީ ދޮގެއް ކަމަށެވެ.

"ވީއައިއޭގެ ވީއައިޕީ ހިންގުން ދުބާއީ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް، އެއްވެސް ޓާމިނަލެއް ހިންގުން ބޭރުގެ ބަޔަކާ ހަވާލުކުރަން ނިންމާފައެއް ނުވޭ" އެމްއޭސީއެލްގެ އޮފިޝަލަކާ ހަވާލާދީ ޕީއެސްއެމްގައި ރިޕޯޓްކޮށްފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެމްއޭސީއެލްއިން ބުނެފައިވަނި އެ ކުންފުންޏަކީ އަބަދުވެސް އެކި ކުންފުނިތަކުގެ މަޝްރޫޢުތަކުގެ ޕްރޮޕޯސަލް ލިބެމުން އަންނަ ކުންފުންޏެއް ކަމަށާއި އެގޮތުން ދުބާއީ ކުންފުންޏަކުންވެސް ޕްރޮޕޯސަލެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެ ޕްރޮޕޯސަލާއިމެދު އަދި ގޮތެއް ނިންމާފައިނުވާކަމަށާއި އެފަދަ ނިންމުމެއް އެ ކުންފުނިން ނިންމާނީ ޤައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް