އުރީދޫ މޯލްޑިވްސްގެ މޯބައިލް އެޕް މެދުވެރިކޮށް ރީޗާޖްކޮށްގެން ކޮންމެ ހަފްތާއަކުވެސް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފެށިގެން ކުރިއަށްއެބަދެއެވެ.
"ރިޗާޖް އޮން އުރީދޫ އެޕް އެންޑް ވިން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ލިބޭ އިނާމުތަކުގެ ތެރޭގައި ޖޭބީއެލް އެކްސްޓްރީމް 4 ޕޯޓެބަލް ބްލޫޓޫތު ސްޕީކަރ، ޒަޔޯމީ ރޮބޮޓް ވެކިއުމް އެސް 20، ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާ، އެޕަލް ވޮޗް، ވާވޭ ވޮޗް ބަޑްސް ސްމާޓް ވޮޗް ގެ އިތުރުންވެސް ގިނަ އިނާމުތަކެއް ހިމެނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާއިން މަތިން ބައްލަވައިގަތުމެވެ. ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުގައި ހިމަނާފައިވަނީ ސެމްސަންގް އެސް 25 އަލްޓްރާ ސްމާޓް ފޯނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް