ޖިއްދާއަށް އެތެރެކުރަން އުޅުނު ހަ ލައްކައަށްވުރެ ގިނަ މަނާބޭސް އަތުލައިގެންފި

ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް އެތެރެކުރަން އުޅުނު ހަ ލައްކައެއްހާ މަނާބޭސް އަތުލައިގެންފިއެވެ. ސައޫދީ ގެޒެޓުގައި ރިޕޯޓުކޮށްފައިވާގޮތުގައި ޖިއްދާ އިސްލާމިކް ޕޯޓުން އެ ޤައުމަށް އެތެރެކުރަން މަސައްކަތްކ...

05 Jul 2025 | 14:11

ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް އެތެރެކުރަން އުޅުނު ހަ ލައްކައެއްހާ މަނާބޭސް އަތުލައިގެންފިއެވެ.

ސައޫދީ ގެޒެޓުގައި ރިޕޯޓުކޮށްފައިވާގޮތުގައި ޖިއްދާ އިސްލާމިކް ޕޯޓުން އެ ޤައުމަށް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ 646،000 އެމްފެޓަމިން ގުޅައެވެ.

އެތަކެތި ބަންދުކޮށްފައިވަނީ ކާބޯތަކެތީގެ ޝިޕްމަންޓެއްގައި ބަންދުކުރި ދަޅުކާނާގެ ގޮތުގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ހައްޔަރުކޮށްފައިވަނީ ކޮން ޤައުމަކަށް ނިސްބަތްވާ ބައެއްކަން އަދި ބުނެފައެއް ނުވެއެވެ.

އެމްފެޓަމިން އަކީ ފަލަވުމާއި ހައިޕަރ އެކްޓިވިޓީ ޑިސޯޑަރ ފަދަ ކަންކަމަށް ބޭނުންކުރާ އަދި ހަމަ އެހެންމެ މަސްތު ވުމުގެ ހާލަތްތަކަށްވެސް ބޭނުންކުރާ ބޭހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް