އަންނަ ހޯމަ ދުވަހުން ފެށިގެން ގުޅީފަޅު ގޯތިތަކުގެ އައު ރަޖިސްޓްރީ ދޫކުރަން ފަށަނީ

މި އަންނަ ހޯމަ ދުވަހުން ފެށިގެން ގުޅީފަޅު ގޯތިތަކުގެ އައު ރަޖިސްޓްރީ ދޫކުރަން ފަށަން ނިންމައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ ގުޅީފަޅުން "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކ...

05 Jul 2025 | 08:42

މި އަންނަ ހޯމަ ދުވަހުން ފެށިގެން ގުޅީފަޅު ގޯތިތަކުގެ އައު ރަޖިސްޓްރީ ދޫކުރަން ފަށަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ގުޅީފަޅުން "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައިވާތީ، އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ދޫކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިކަމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުޞަތު "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް މި މަހުގެ 1 ވަނަ ދުވަހު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި އެ އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުން ޖުލައި 07، 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެެއެވެ.

"އެޕޮއިންޓްމަންޓަށް ހަމަޖައްސާފައިވާ ތާރީޚާއި ގަޑިއަށް މިނިސްޓްރީން އަންގާ ތަނަށް ހާޒިރުވުމުން އައު ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ އަދި ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ ޙަވާލުކުރެވޭނެ" ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލް ކުރެވޭނެ ކަމަށެވެ. އަދި  އެ ފަރާތްތަކަށް އަލުން އެހެން ތާރީޚަކާއި ގަޑިއަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް