މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.
އެމްބީއެސް އިން ތަޢާރަފްކުރި ހޮޓްލައިން ނަންބަރަކީ 7333645 އެވެ.
އެމްބީއެސް އިން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފައި ވަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަ ކުރުމުގެ މަޤްސަދުގައެވެ.
"އެމްބީއެސް ހުޅުވާފައި ހުންނަ ގަޑިތަކުގައި މި ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ" އެމްބީއެސް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެގޮތް ހަމަޖެހިފައިވާނޭ ކަމަށް އެމްބީއެސް އިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް