ބަނޑުހަރުވެ ބޮޑުކަމުދާން އުނދަގޫވުމަކީ ކިހާ ވޭންހުރި ކަމެއްކަން އެނގޭނީ އެކަން ތަހަންމަލު ކުރާ މީހަކަށެވެ. އެކަމާ ދިމާވުމުން ގިނަ ގިނައިން ފެން ބުއިމާއި ދިޔާތަކެތި އިންތިހާއަށް ގިނަ ކުރުމާއި އޯޓީސީ (އޯވަރ ދަ ކައުންޓަރ) ބޭސްތައް ޚިޔާރު ކުރުމުންވެސް ގިނަ ފަހަރަށް ތަސައްލީ ލިބެން ގިނަ ވަގުތުތަކެއް ނަގައެވެ.
ނަމަވެސް ބަނޑުހަރުވުމުމަށް މޮޅު ހައްލެއް ކަމަށްބުނެ ވަރަށް ތަފާތު އުކުޅެއް މިފަހުން މިވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެ އުކުޅަކީ ބާރަށް ފުމުމެވެ. ހަން ފުއްޕަން ފުމެ ހަދާފަދައިން ފުމުމަކީ ބަނޑުހަރުވުމަށް ވަގުތީ ހައްލެއް ގެނުވާކަމެއްކަމަށް އެކަމުގެ އަޖުމަ ބަލާ ފަރާތްތަކުން މިދަނީ ބުނަމުންނެވެ. މި އުކުޅު ބޭނުންކުރާ ގޮތްތަކުގެ ތެރޭގައި "ބަބުޅި އެރުވުން"، ފުމުން، ގެރި އަޑު ލައްވާހެން "މޫޫޫޫޫ" އަޑު ލެއްވުން ހިމެނޭކަމަށް މި އުކުޅުގެ އަޖުމަބަލާ ފަރާތްތަކުން ބުނެއެވެ.
https://www.instagram.com/p/DCzbvLgOlPg/?utm_source=ig_embed&utm_campaign=embed_video_watch_again
އެކަމަކީ އޭގައި ބުރަދަނެއް ހުރެދާނެކަމެއްކަމަށް ބާރުދެމުން އިންޑިއާގެ ފަރީދާބާދުގެ ޔަތާރުތު ސުޕަރ ސްޕެޝަލިޓީ ހޮސްޕިޓަލުގެ އިންޓާނަލް މެޑިސިން ރިއުމެޓޯލޮޖީގެ ޑިރެކްޓަރު ޑރ. ޖަޔަންތަ ތާކުރިޔާ ބުނެފައިވަނީ އެ އުކުޅަކީ އެ އުކުޅެއްގައި ޑަޔަފްރަމް އާއި އެބްޑޯމިނަލް މަސަލްސް އަށް އެނގުން ގެނުވާ އުކުޅެއްކަމުން ޑައިޖެސްޓިވް ސިސްޓަމަށް ރަނގަޅު ބަދަލެއް ގެނުވުން އެކަށީގެންވާކަމަށެވެ.
އެހެނަސް ޑރ. ތާކުރިޔާ ގަބޫލުކުރަނީ އެ ހައްލަކީ ބަނޑު ހަރުވުމަށް ވަގުތީ ހައްލެއް ގެނުވާނެ ކަމެއް ކަމަށެވެ. ދާއިމީ ހައްލަކަށް އެދޭނަމަ ޑރ. ތާކުރިޔާގެ ރައުޔުއަކީ ފައިބަރ އެކުލެވޭ ކާނާ ގިނަ ކުރުމާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި ހަރަކާތްތެރިވެ އުޅުމުގެ އިތުރުން ތާފަނާ ތަކެތި ބުއިންފަދަ ކަންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް