ރޭގައި މާލޭގެ ސްޕާއަކުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ ދޫކޮށްލައި ތައިލޭންޑުގެ ތިން އަންހެނުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ދެންމެ ބުނީ އެމީހުންގެ ބަންދާއިމެދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ދިވެހި ފިރިހެން މީހާ ދޫކޮށްލައި ތައިލޭންޑްގެ ތިން އަންހެނުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
ރޭގައި ފުލުހުން ބުނެފައިވަނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށި ވިއްކަމުންދާ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކާއި ތައިލޭންޑު ތިން އަންހެނަކު ހައްޔަރުކުރި ކަމަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވާ ދިވެހި މީހާގެ އުމުރަކީ 55 އަހަރެވެ. ހައްޔަރުކުރި ތައިލެންޑު ތިން އަންހެނުންގެ ތެރެއިން ދެ އަންހެނެއްގެ އުމުރަކީ 28 އަހަރު ކަމަށާއި އެކެއްގެ އުމުރަކީ 30 ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް