ދިވެހި ފިލްމީ ތަރި އައިމިނަތު ރަޝްފާ (އާޝާ) އާއި ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ) ގެ ކައިވެނީގެ ވާހަކަ އިއްޔެ "ޓޯކް އޮފް ދަ ޓައުން" އަށް ވެގެންދިޔައިރު އެއީ އަސްލެއް ނޫންކަން އެނގިއްޖެއެވެ.
އާޝާ އަދިވެސް ހުރީ ސިންގަލްކޮށެވެ. ދަރާ ރަޝީދަށް އާޝާ ލިބެނީ ފިލްމަކުންނެވެ.
އެގޮތުން ދިވެހި ފިލްމީ ޚަބަރުތައް ތާޒާކަމާއެކު ގެނެސްދެމުން އަންނަ މުނިއަވަސް އޮންލައިންގައި ރިޕޯޓުކޮށްފައިވާގޮތުގައި ދަރާއަށް އާޝާ ލިބެނީ އަންނަ އޯގަސްޓް މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު "ކަމަނާ" އިންނެވެ.
"އެ ފިލްމަކީ ކިޑް ޕްރޮޑަކްޝަން އަދި ސެޓާރން ސްޓޫޑިއޯގެ ފިލްމެކެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ “ކަމަނާ”ގެ މުހިންމު ތަރިންގެ ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު(ޔޫއްޕެ) މަރިޔަމް އައްޒަ ރަޝްފާ (އާޝާ)، ދަރާ ރަޝީދު, މުހައްމަދު މަނިކު އަދި ނަތާ އެވެ." މުނިއަވަސްގައި ރިޕޯޓުކޮށްފައިވެއެވެ.
މި ފިލްމަކީ ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު ކަމަށާއި މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމުކަންވެސް މުނިއަވަސްގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް