އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒްގެ ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަ ގެންދެއެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިދިޔަ ހަފްތާގެ ހޯމަ ދުވަހު އޭސީޕީ ރިޔާޒް އެންމެ ފުރަތަމަ އެޑްމިޓްކޮށް ފަރުވާ ދޭންފެށީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.
ރިޔާޒްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އޭސީޕީ ރިޔާޒް ފާހަގަކޮށްލެވެނީ ބޮޑެތި އަދި އުނދަގޫ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ލީޑުކުރައްވާ ފަރާތެއްގެ ގޮތުގައެވެ.
2017 ވަނަ އަހަރު ރައީސް ޔާމީންގެ ދައުރުގައި ފުލުހުންގެ ވަޒީފާއިން ވަކި ކުރިނަމަވެސް އޭރު ރިޔާޒް ވަކި ކުރީ ގޯސްކޮށް ކަމަށް 2018 ވަނަ އަހަރު ނިންމައި އަލުން އޭނާއަށް ވަޒީފާ ދިނެވެ. އޭސީޕީގެ ރޭންކަށް ރިޔާޒް ޕްރޮމޯޓް ކުރެވިގެންދިޔައީ 2019 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް