ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި އިމިގްރޭޝަން އެއްބަސްވުމަކަށް

ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި އިމިގްރޭޝަނުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމާއި ބެހޭގޮތުން އިމިގްރޭޝަނުން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ...

05 Jul 2024 | 02:20

ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި އިމިގްރޭޝަނުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާއި ބެހޭގޮތުން އިމިގްރޭޝަނުން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ދަތިތަކާއި، ރާއްޖެ އިސްތިހާރުކުރުމަށް އިމިގްރޭޝަނުގެ ޑިޖިޓަލް ޕްލެޓްފޯމު މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލެއް ކުރިއަށް އޮތް މުސްތަގުބަލުގައި ގެނުވާނެ އެއްބަސްވުމެއް ކަމުގައެވެ.

އެ އެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އެ ވުޒާރާގެ ވަޒީރު ފައިސަލް އިބްރާހީމެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ސޮއެ ކުރެއްވީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް