އިންޑިއާގެ ފިލްމީ ތަރި އަދި މޮޑެލް، ރާއި ލަކްޝްމީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމުގައި ޝެއަރކޮށްފައިވީނަމަވެސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް އެ ފޮޓޯތަކުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އެ އަންނަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.
އަސްލު ނަމުންނަމަ ލަކްޝްމީ ރާއި އަދި ފިލްމީ ނަމުން ނަމަ ރާއި ލަކްޝްމީއަކީ ތަމަޅަ، މަލަޔާލަމް، ތެލުގޫ، ކަންނާޑާ އަދި ހިންދީ ސެކްޓަރ ހިމެނޭހެން ގިނަ ފިލްމުތަކެއް ކުޅެފައިވާ ތަރިއެކެވެ.
އޭނާ ކުޅެފައިވާ ބައެއް ހިންދީ ފިލްމުތަކަށް ބަލައިލާއިރު 2016 ވަނަ އަހަރު ކުޅުނު އަކީރާ، 2017 ވަނަ އަހަރު ކުޅުނު ޖޫލީ 2، 2029 ވަނަ އަހަރު ކުޅުނު އޮފިސަރ އަރްޖުން ސިންގް އަދި މިދިޔަ އަހަރު ކުޅުނު ބޯލާ ހިމެނެއެވެ.
ރާއި ލަކްޝްމީ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމަކީ ޑީއެންއޭ ނަމަކަށްކިޔާ ފިލްމެކެވެ. މަލަޔާލަމް މި ފިލްމުގައި ރާއި ލަކްޝްމީ ކުޅޭނީ ފުލުސް އޮފިސަރެއްގެ ރޯލެވެ.
https://www.instagram.com/p/C86kESQoYee/?hl=en&img_index=1
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް