ހަށި ގަތް ދިވެހި ފިރިހެނަކާއި ހަށި ވިއްކި ތައިލެންޑު ތިން އަންހެނަކު ހައްޔަރުކޮށްފި !

ހަށި ގަތްކަމުގައި ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކާއި ހަށި ވިއްކި ކަމަށް ތުހުމަތު ކުރެވޭ ތައިލެންޑު ތިން އަންހެނަކު މިރޭ ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ މާލޭގައި...

04 Jul 2024 | 19:17

ހަށި ގަތްކަމުގައި ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކާއި ހަށި ވިއްކި ކަމަށް ތުހުމަތު ކުރެވޭ ތައިލެންޑު ތިން އަންހެނަކު މިރޭ ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށި ވިއްކަމުންދާ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިރޭ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

"މިރޭ ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާ ފާސްކޮށް ދިވެހި ފިރިހެނަކާއި ތައިލެންޑު ތިން އަންހެނަކު ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވާ ދިވެހި މީހާގެ އުމުރަކީ 55 އަހަރެވެ. ހައްޔަރުކުރި ތައިލެންޑު ތިން އަންހެނުންގެ ތެރެއިން ދެ އަންހެނެއްގެ އުމުރަކީ 28 އަހަރު ކަމަށާއި އެކެއްގެ އުމުރަކީ 30 ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް