ޕާކިސްތާނުގައި ގޮދަން ފުށުގެ އަގު ބޮޑުކޮށްފި

ޕާކިސްތާނުގައި ގޮދަން ފުށް އުފައްދާ ފަރާތްތަކުން ގޮދަން ފުށުގެ އަގު ބޮޑުކޮށްފިއެވެ. އަގުބޮޑުކޮށްފައިވަނީ ގޮދަނުއަގު ބޮޑުކަމަށް ބުނެއެވެ. މި ބަދަލާއެކު 20 ކިލޯގެ ގޮދަން ފުށުން 100 ރުޕީސް ވަނީ އިތުރުކޮށ...

05 Jul 2023 | 18:59

ޕާކިސްތާނުގައި ގޮދަން ފުށް އުފައްދާ ފަރާތްތަކުން ގޮދަން ފުށުގެ އަގު ބޮޑުކޮށްފިއެވެ.

އަގުބޮޑުކޮށްފައިވަނީ ގޮދަނުއަގު ބޮޑުކަމަށް ބުނެއެވެ.

މި ބަދަލާއެކު 20 ކިލޯގެ ގޮދަން ފުށުން 100 ރުޕީސް ވަނީ އިތުރުކޮށްފައެވެ. މިހާރު 20 ކިލޯ ގޮދަން ފުށް ލިބެނީ 2800 ރުޕީސް އަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 155 ރުފިޔާއެވެ.

އެ ގައުމުގައި ގޮދަން ފުށުގެ އަގު ބޮޑުކޮށްފައިވާއިރު އާއްމު ކާބޯތަކެތީގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބޭރުގެ ލޯނުތަކާއި ދަރަނިތައް ނުދެއްކި އެ ގައުމުގެ އިގްތިސާދަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް