އަފްޣާނިސްތާނުގައި ސައްހަ ސަރުކާރެއް އެކުލަވައިލަން ޖެހޭ ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ ސަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވާޗުއަލްކޮށް ކުރިއަށްދާ މި ސަމިޓްގައި އެ މައުލޫގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ އަފްޣާން ބިމަކީ ފަނާވާން ދޫކޮށްލާ ބިމެއް ކަމުގައި ވެގެން ނުވާނެ ކަމަށާއި ރައްޔިތުންގެފަރާތުން އުފެދޭ ސަރުކާރަކުން އެ ގައުމު ހިންގަން ޖެހޭ ކަމަށެވެ.
އަފްޣާންގެ ހާލަތާއި ގުޅިގެން ސަރަހައްދީ މަސްރަހުވެސް ގޯސްވާކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ އަފްޣާން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއެކު މަސްތުވާތަކެތީގެ ވިޔަފާރިއާއި ނިރުބަވެރިކަން އަފްޣާނުން ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މި އަހަރުގެ އެސްސީއޯ ސަމިޓުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް