އެންމެ ނިކަމެތީ މާލޭ ރައްޔިތުން: ރައީސް ނަޝީދު

މާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ނިކަމެތި ރައްޔިތުން އުޅޭތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، "ދަ ޑިމޮކްރެޓް...

05 Jul 2023 | 17:57

މާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ނިކަމެތި ރައްޔިތުން އުޅޭތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މިރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މާލޭ މޭޔަރު ފިޔަވައި އެހެން މީހަކަށް މާލެއިން ގޯތި ދިނުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.

"ވަންނާނެ ތަނެއް ނެތް، ބޯހިޔާވަހިކަމެއް ނެތް، ހަމަޔަށް ތިން އިރު ނުކައި އަދި ގެވެހި އަނިޔާއާއި ޑްރަގްސްގެ ވަބާއާއި ގޭންގް މާރާމާރީން އެމީހުންގެ ގެތައް އެތިބީ ދަންތޫރައަކަށްވެފައި" މާލޭ މީހުންގެ ހާލަތުގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.

އެހެންކަމުން އެންމެ ހައްގުވާ ބަޔަކަށް ގޯތި ދިނުމަކީ ކަން ކުރަން ޖެހޭނެ ގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރައީސް ޞާލިހު ގޯތި ދެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ސިޔާސީ އެއްވެސް ވެރިއެއްގެ ބޭނުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމުގެ ކަންކަން ހިންގުމަކީ ހިތާމަވެރި މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ

"މެދަށް ހުރި ދަރި ގޭންގަކަށް ވަދެއްޖެ، މެދަށް ހުރި ދަރި ޑްރަގްގެ ބަވާގާ. އަންހެން ދަރި ގެވެހި އަނިޔާގާ. ދެން އޭނަގެ ވޯޓު ގަނެލުމަށްޓަކާ ގޯއްޗެއް ދޭނަމޭ ކިޔާ ދޮގު ހެދުމަކީ، އަޅުގަނޑު ދެކޭ ގޮތުގާ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

މާލެއިން ގޯތި ދިނުމަކީ މި ސަރުކާރު ފެށުނީއްސުރެ ނަޝީދު އެދިވަޑައިގަންނަވަމުން ގެންދެވި ކަމެއްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ގޯތި ދޫކޮށްފައި ވަނީ ވޯޓަށް ފައިދާއަށް، ދައުރުގެ "ފަހު20 ދުވަހަށް" ވުމުން ކަމަށެވެ.

އަދި ފަސޭހަކަމާއެކު ކުރެވެން އޮތް ކަމެއް "ހަރާމުގެ މަގުން" ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް