ޑިމޮކްރެޓްސްގެ ޖަލްސާއަށް ދިޔަ މީހުން ގިނަވެ، އެއްބަޔަކު ތިބީ ހޯލުން ބޭރުގައި

ދަ ޑިމޮކްރެޓްސްގެ ޖަލްސާއަށް ދިޔަ މީހުން ގިނަވެ، އެއްބަޔަކު ހޯލުން ބޭރުގައި ތިބެން ޖެހިއްޖެއެވެ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވި ޖަލްސާ އޮތީ ގިޔާސުންދީން ސްކޫލް ހޯލްގައެވެ. ޖަލްސާގެ ކޯރަމަކީ300 މ...

05 Jul 2023 | 17:44

ދަ ޑިމޮކްރެޓްސްގެ ޖަލްސާއަށް ދިޔަ މީހުން ގިނަވެ، އެއްބަޔަކު ހޯލުން ބޭރުގައި ތިބެން ޖެހިއްޖެއެވެ

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވި ޖަލްސާ އޮތީ ގިޔާސުންދީން ސްކޫލް ހޯލްގައެވެ.

ޖަލްސާގެ ކޯރަމަކީ300 މެމްބަރުން ކަމަށް ވާއިރު ޖަލްސާއަށް ހާޒިރުވެ ީ486 މެމްބަރުން ތިއްބެވެ. އަދި ހޯލުގައި ޖާގަ ނެތުމާއެކު ބޭރުގައި ތިބި މީހުންނާއެކު، ހަ ސަތޭކައެއްހާ މީހުން ޖަލްސާއަށް ގޮސް ތިއްބެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް ކާނަލް ރޓޑ މުހައްމަދު ނާޒިމްގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް ބައިވެރިވިއެވެ.

ދަ ޑިމޮކްރެޓްސްގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ޕާޓީ އުފެއްދުމަށް އީސީއިން ހުއްދަ ދީފައިވާއިރު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި އެ ޕާޓީން ވަނީ 3560 ފޯރު އިލެކްޝަންސް ކޮމިޝަނަށް، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ހުށަހަޅާފައެވެ. އެ ފޯމުތައް ވެރިފައި ކުރުމަށްފަހު ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު ދީފައިވާއިރު އެ ޖަލްސާ ބޭއްވުމުގެ ކުރިން ތިން ދުވަހުގެ ނޯޓިސް އެއް ޑިމޮކްރެޓްސް އިން އީސީއަށާއި މީޑިއާތަކަށް ދޭން ޖެހެއެވެ.

ޑިމޮކްރެޓްސް އިން މިހާރު އަންނަނީ ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލީޝަނާއެކު ސިޔާސީ މަޝްވަރާތައް ކުރަމުންނެވެ.

ދަ ޑިމޮކްރެޓްސް ޕާޓީއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެއް ނަމަވެސް ރައީސް ނަޝީދު އަދި އެ ޕާޓީއާއި ގުޅިވަޑައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް އެ މަނިކުފާނު މިހާރު ވަނީ އެމްޑީޕީއިން ވަކިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް