މުދާ އުފުލާ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް

މުދާ އުފުލާ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ދެންމެ ފުލުހުން ބުނީ އެ ދޯންޏަކީ މާލެއިން ފުރައިގެން އދ މަަހިބަދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށާއި ހާދިސާ...

05 Jul 2023 | 16:07

މުދާ އުފުލާ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ދެންމެ ފުލުހުން ބުނީ އެ ދޯންޏަކީ މާލެއިން ފުރައިގެން އދ މަަހިބަދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށާއި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިބި ކަމަށެވެ.

ރިކާޑޯ ނަމަކަށް ކިޔާ އެ ދޯނީގެ ފަޅުވެރިން މިހާރު މެރިން ޕޮލިސްގެ ލޯންޗަށް ނަގާފައިވާއިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓުންނާއި ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް