މާލެ ދަތުރުކުރަމުންދިޔަ ފެރީއެއްގައި ބެޓެރީއެއް ގޮވައި ހަ މީހަކަށް އަނިޔާވެއްޖެ

ރ. އުނގޫފާރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ފެރީ ލޯންޗެއްގައި ބެޓެރީއެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސަ ހިނގާފައިވަނީ "ކްރިސްޓަލް ސްޕީޑް" ނަމަކަށ...

05 Jul 2023 | 12:31

ރ. އުނގޫފާރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ފެރީ ލޯންޗެއްގައި ބެޓެރީއެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސަ ހިނގާފައިވަނީ "ކްރިސްޓަލް ސްޕީޑް" ނަމަކަށްކިޔާ ފެރީ ލޯންޗެއްގައެވެ. ހާދިސާ ހިނގި އިރު 39 މީހުން ތިބި ކަމަށާއި ބެޓެރީ ގޮވުމުގެ ސަބަބުން ހަ މީހަކަށް އަނިޔާވެފައިވާކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

އެ ލޯންޗު މިހާރު އެރިޔަދޫ ރިސޯޓަށް ވައްދައި، އަނިޔާވި މީހުންނަށް އެ ރިސޯޓްގެ ކްލިނިކްގައި އަންނަނީ ފަރުވާދެމުންނެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް