ބީއެމްއެލްއިން މިލަންދޫ ސްކޫލުގައި އައުޓްޑޯ ރީޑިންގ ޕާކެއް ގާއިމް ކޮށްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިންގ ޕާކެއް ގާއިމު ކޮށްފިއެވެ. އައުޓްޑޯ ރީޑިންގ ޕާކު ތަރައްގީކޮށްފައި ވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އ...

05 Jul 2023 | 10:03

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިންގ ޕާކެއް ގާއިމު ކޮށްފިއެވެ.

އައުޓްޑޯ ރީޑިންގ ޕާކު ތަރައްގީކޮށްފައި ވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ރަށުގައި ހަރަކާތްތެރި ޖަމިއްޔާއެއްކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބްއިންނެވެ. މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމު ކުރުން ކަމަށް އެ ކްލަބުން މައުލޫމާތު ދިނެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިލަންދޫ ސްޕޯޓްސް ކްލަބް ގެ ފަރާތުން ނައިބް ރައީސް އަހުމަދު ސަމީހު ވިދާޅުވީ، މިޕްރޮޖެކްޓްގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމު ކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

“މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އަދި މިރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ ފަރާތުން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރުދަންނަވަން." ސަމީހު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓްވަނީ ދާދި ފަހުން ހޮވާފައިކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަންބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިނ ހުޅުވާލާ ފަންޑެކެވެ.

ބީއެމްއެލްއިން ވަނީ މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް