ޤާސިމްގެ ކެމްޕޭނަށް ހިޔާ ފްލެޓްގައި ދޮރުން ދޮރަށް ޒިޔާރަތް ކޮށްފި

ޖުުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެމްޕޭނަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދޮރުން ދޮރަށް ކެމްޕޭން ޓީމުން ޒިޔާރަތް ކޮށްފިއެވެ. ރާއްޖޭގ...

05 Jul 2023 | 09:57

ޖުުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެމްޕޭނަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ދޮރުން ދޮރަށް ކެމްޕޭން ޓީމުން ޒިޔާރަތް ކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާސިމްގެ ކެމްޕޭން ފަށާފައި ވާއިރު، ރޭ ހިޔާ ފްލެޓަށް ޒިޔާރަތް ކޮށްފައި ވަނީ ޖޭޕީގެ ދެކުނު ކެމްޕެއިން މެނޭޖަރ އަދި ލީޑަރުގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދުގެ ޓީމުންނެވެ.

ޖޭޕީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މާފުކޮށްދޭނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

https://twitter.com/JPSecretariat/status/1676298225798742016

ޖުމްހޫރީ ޕާޓީގެ158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވެފައި ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރުން ތަފާތުކުރުން ގެންގުޅޭކަމަށް ވިދާޅުވެފައެވެ.

އެކަމާ ނުރުހުން ފާޅުކުރައްވައި ޤާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެ ތަފާތުތައް ނައްތާލާނެ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންނަށް ދީފައިވާ ފްލެޓްތަކާއި ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ކުލި މާފުކޮށްދެއްވާނެ ކަމަށެވެ.

ޤާސިމް ވިދާޅުވެފައި ވަނީ، ބޯހިޔާވަހި ކަމަކީ އަސާސީ ހައްގެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް