ކުމުންދޫގެ ނެރުމައްޗަށް އެމްޓީސީސީގެ ބާޖެއް އުރިއްޖެ

ހިލަ ބަރުކޮށްފައި އޮތް އެމްޓީސީސީގެ ބާޖެއް ހދ. ކުމުންދޫގެ ނެރުމަށްޗަށް  އުރިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ކުމުންދޫ ކައުންސިލްގެ މެމްބަރު އަލީ އަންވަރު ވިދާޅުވީ އެ ރަށުގައ...

05 Jul 2023 | 09:56

ހިލަ ބަރުކޮށްފައި އޮތް އެމްޓީސީސީގެ ބާޖެއް ހދ. ކުމުންދޫގެ ނެރުމަށްޗަށް  އުރިއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކުމުންދޫ ކައުންސިލްގެ މެމްބަރު އަލީ އަންވަރު ވިދާޅުވީ އެ ރަށުގައި އަލަށް ހަދާ ނެރަށް ބޭނުންވާ ހިލަ ހިފައިގެން ދިޔަ އެ ބާޖު، ތިލަ ކުރުމުގެ މަސައްކަތް އިއްޔެއިންފެށިގެން ކުރަމުން އައި ނަމަވެސް އަދި ފުން ނުކުރެވޭ ކަމަށެވެ.

“ދިޔަވަރު ހިކިފައި އޮތުމުގެ ސަބަބުން ބާޖު ފުންކުރެވޭނެ އިރެއް އަދި ނޭނގޭ، ބާޖު ފުންކުރުމުގެ މަސައްކަތް ކުރަމުން މިހާރު މިއަންނަނީ އެމްޓީސީސީން ޓަގު ބޯޓެއް ބޭނުންކޮށްގެން”އަންވަރު ވިދާޅުވިއެވެ.

މި ހާދިސާ ހިނގީ މޫސުން ގޯސްވެ ވިއްސާރަވުމުން ކަމަށާއި އަދި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

ބާޖު އޮތީ ނެރުގެ އެއް ފަޅިއެއްގައި ކަމުން އެހެން އުޅަނދުފަހަރު ފަޅަށް ވަދެ ނިކުތުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެހާ ބޮޑު ބަރު ބާޖެއް ނެރުމައްޗަށް އުރުމުން ނެރަށް ވަރަށް ބޮޑު ގެއްލުމެއް ވާނޭކަމުގެ ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލު ކުރީ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރަށުގެ އިރުމަތީ ފަރާތުގައި މިހާރު ހުރި 154 މީޓަރު ވާޓަރު މަރާމާތުކޮށް، 154 މީޓަރު ޕޭވްމަންޓް މަރާމާތުކޮށް، ކޮޅުވެއްޓި ބޭނުން ކުރުމަށް ރޭމްޕެއް ގާއިމުކުރުމާއި 100 ފޫޓު ޓީޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް