އަންހެން ފުލުހަކަށް ގެވެށި އަނިޔާކުރި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ފުލުހުން

އަންހެން ފުލުހަކަށް ގެވެށި އަނިޔާކުރި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ އިދާރާއިން މިއަދު ބުނީ، މިމައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ...

05 Jul 2023 | 09:19

އަންހެން ފުލުހަކަށް ގެވެށި އަނިޔާކުރި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، މިމައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ތަހުގީގެއް ހިންގަމުންދާކަމަށެވެ.

"ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ހަގީގަތް އޮޅުވާލަން، ތަހުގީގުގެ ތެރެއިން އުޅޭކަމަށް ބަޔާންކޮށް ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ޚަބަރަކީ، އެކަމާ ގުޅޭގޮތުން މިޚިދުމަތުން މައުލޫމާތު އޮޅުންފިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ލިޔެފައިވާ ދޮގު ޚަބަރެކެވެ" ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރުމުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާ ހިނދު، އެނިޒާމުތަކާ މެދު ރައްޔިތުންގެ އިތުބާރުގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް މިފަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ދިޔަރެސް ނޫހުގައި މިކަމާ ގޮތުން ލިޔެފައި ވަނީ، ޑީސީޕީ އަލީ ރަޝީދު އަންހެން ފުލުހަކަށް ފޮނުވާފައިވާ ނުރަނގަޅު މެސެޖުތަކެއްގެ ސްކްރީންޝޮޓް އާއްމުވެފައިވާ ކަމަށެވެ. އަދި އެ ނޫހަށް އެ ސްކްރީންޝޮޓްތައް ލިބިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް