ޕާސްޕޯޓުގެ ހިދުމަތް ދޭ ވަގުތު އިމިގްރޭޝަނުން އިތުރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓުގެ ހިދުމަތް މިހާރު ލިބޭނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު8:00 އިން ރޭގަނޑު9:00 އަށް ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ކޮންމެ ވަގުތަކުވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ.
ޕާސްޕޯޓާ ހަވާލު ވުމަށް ނަންބަރު ދޫކުރާނީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު8:30ން މެންދުރު12:00 އަށް އަދި މެންދުރު12:45ން ހަވީރު5:00 އަށެވެ.
https://twitter.com/hanafymv/status/1676194579442470918
އެ ހިދުމަތްތައް މި ގަޑިތަކުގައި ލިބޭނީ ހަމައެކަނި މާލޭ އިމިގްރޭޝަނުންނެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ މި ބަދަލުތަަކަކީ ރައްޔިތުން އެދޭފަދަ ލުއިފަސޭހަ އަދި އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލެއް ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިސްވެ ހުންނަަވައި، އަޅުގަނޑުމެން ކެނޑިނޭޅި މި ކުރާ މަސައްކަތަކީ، ރައްޔިތނުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން" ހަނަފީ ވިދާޅުވިއެވެ.
މީގެ ކުރިން އިމިގްރޭޝަންގެ ހިދުމަތް ދެމުންއައީ ރަސްމީ ދުވަސްތަކު ހެނދުނު8:00އިން މެންދުރުފަހު2:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް