ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިހާރު ތިބީ ޤުބާ މިސްކިތުގައި ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގެ މަދީނާ ޒިޔާރަތް ދަތުރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދިޔަ ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ.
ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ހުކުރު ދުވަހު، އެންމެ ފުރަތަމަ 2 ފްލައިޓް ގައި އަންނަން ހަމަޖެހިފައިވަނީ އަލްމަނާސިކާއި ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ގްރޫޕެވެ. އަދި ހޯމަ ދުވަހު 3 ވަނަ ފްލައިޓުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީވެސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ގްރޫޕެކެވެ.
މީގެ އިތުރަށް ޖުލައި 11 ވަނަ ދުވަހު 4 ވަނަ ފްލައިޓުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންނެވެ. އަދި ދިވެހި ޖުލައި 12 ވަނަ ދުވަހު އޮންނަ 5 ވަނަ ފްލައިޓުން އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައިދިޔަ ޙައްޖުވެރިންން އައުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި ޖުލައި 14 ގައި އޮންނަ އެންމެ ފަހު ފްލައިޓުގައި އަންނަން ހަމަޖެހިފައިވަނީ ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައިދިޔަ ޙައްޖުވެރިންގެ ފަހު ގްރޫޕެވެ.
މިއަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް