ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ މީހުން ހިމާޔަތްކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަސައްކަތް ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ޚިޔާނާތުގެ މައްސަލައަށް އިޝާރާތް ކުރައްވައެވެ.
"ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި އެމްޕީސް، ޕީޖީ، އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ އޮއްބާލާކަން ރައީސް ޞާލިހުގެ މި ދައުރުގައި ވަރަށް ފާހަގަވޭ. މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ޚިޔާނާތުގެ މައްސަލައަކީވެސް މިފަދަ އާއްމުކަމެއް" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީގެ ވެރިކަމެއްގައި ހިނގާ ވަރަށް ލަދުވެތިކަމެއް ކަމަށެވެ.
https://twitter.com/MohamedNasheed/status/1676473757932855297
އާރްޑީސީގެ މައްސަލައެއް ބަލަމުންދާކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.
އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލީ މަނިކާއި އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން ކުންފުނީގެ އެކައުންޓުން13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފެންމަތި ވެފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިޔާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އެ ކުންފުންޏާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް