މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ކޮލެޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފިއެވެ.
މިކަން ހާމަކޮށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެމްއައިޓީގެ ޓީމަށާއި މެނޭޖްމަންޓަށް މަރުހަބާ ދަންނަވާފައެވެ.
އެ މިނިސްޓްރީއިން ބުނީ އެމްއައިޓީއިން ކޮލެޖެއްގެ ދަރަޖަ ހޯދުމަށް އެދި އެ މިނިސްޓްރީއަށް ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށްފަހު، ކޮލެޖެއްގައިހުންނަންޖެހޭ ޝަރުތުތައް ފުރިހަމަކޮށްފައި ވާތީ ކޮލެޖެއްގެ ގޮތުގައި އެ އިންސްޓިޓިއުޓް އިއްޔެ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއް ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ އެ މަރުކަޒެއް އިންސްޓިޓިއުޓެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ މަދުވެގެން 10 އަހަރުވެފައިވާނަމަ އެވެ. އަދި މި ޝަރުތުތަކުގެ ތެރޭގައި އެމަރުކަޒެއްގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއްގެ ޕްރޮގްރާމްތައް މެދުކެނޑުމެއް ނެތި ފަސްއަހަރުވަންދެން ހިންގާފައިވާން ޖެހެއެވެ.
އެމްއައިޓީއަކީ 2008 ވަނަ އަހަރުން ފެށިގެން މަތީ ތައުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ މަރުކަޒެކެވެ. އެގޮތުން މިހާތަނަށް ހިންގަމުން އައިއީ މަަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނުގައި މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖިނިއަރިން ޕްރޮގްރާމްތަކާއި އައިޓީ ދާއިރާގެޕްރޮގްރާމްތައް ހިމެނެ އެވެ. މީގެ އިތުރަށް ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ކޯސްތައް ވެސް އެތަނުން ހިންގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް