ރާއްޖެއަށް މިއަދުވެސް މޫސުން ގޯސް

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް މޫސުން ގޯސް ދުވަހެއް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ބުނެފިއެވެ. މެޓްއިން އާއްމުކޮށްފައިވާ މޫސުމީ ބުލެޓިންގައި ބުނެފައިވާގޮތުގައި...

05 Jul 2023 | 04:56

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް މޫސުން ގޯސް ދުވަހެއް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މެޓްއިން އާއްމުކޮށްފައިވާ މޫސުމީ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

“ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެރެވޭ” މެޓުން ބުނެފައިވެއެވެ.

https://twitter.com/MetMaldives/status/1676428422397190144

މީގެ އިތުރުން މެޓުން ބުނީ ގަޑިއަކު19 މޭލާއި24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށެވެ. މިއަދު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ޗުއްޓީ ދުވަސްވަރަކީ ކަނޑު ދަތުރު އިތުރު ދުވަސްވަރަކަށް ވާތީ، ދަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަބަދުވެސް ލައިފްޖެކެޓް އެޅުމަށް އާދަކުރަންޖެހޭ ކަމަށް  ޕްރޮޓެންޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އިއްޔެ ހަނދާންކޮށްދީފައެވެ.

އެގޮތުން ރަނގަޅަށް ފަތަން ދަންނަ މީހަކަށް ވާން ވާނެ ކަމަށާއި ކަނޑު ދަތުރު ކުރާއިރު ހުރިހާ ވަގުތެއްގައިވެސް ލައިފްޖެކެޓް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

“ލައިފް ޖެކެޓަކީ ދަތުރު ކުރުމުގައި ރައްކާތެރިވުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު ވަސީލަތް” އެޗްޕީއޭއިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް