"ޔާރާ ސިސްޓަރސް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ދެތަރިން ކަމުގައިވާ އައިޝަތު ރިޝްމީއާއި މަރިޔަމް އައްޒަ އަކީ ފޭނުން އަބަދުވެސް ބޯކޮޅު ބަލަމުންދާ ދެ ތަރިންނެވެ. ހާއްސަކޮށް އައްޒައަކީ ފޭނުންވާ ވަރަށް ގާތުން، ކޮންމެ ދުވަހެއްގެ ހާއްސަ ކަންތައްތައް އިންސްޓަގްރާމުގައި ހިއްސާކުރާ ފަންނާނެކެވެ.
އެގޮތުން ފާހަގަވި އެއްކަމަކީ، މިފަހަރުގެ އަޟްހާ ޢީދަށް ޝޯދޭން ދިޔަ "ޔާރާ" ޓީމުގައި އައްޒަ ނުހިމެނުމެވެ. މީގެ ސަބަބެއް އެއްވެސް ފަންނާނަކު ހިއްސާ ކޮށްފައި ނުވާއިރު، އައްޒަގެ ބަދަލުގައި ޔާރާ ޓީމުގައި ބައިވެރިވީ އާޝާއެވެ.
ޔާރާ ޓީމުގައި ދެން ހިމެނޭ ފަންނާނުންނަކީ ރިޝްމީގެ އިތުރުން އޭނާގެ ކުރީގެ ފިރިމީހާ އަދި ފިލްމުސްޓާރ އަހުމަދު އަޒްމީލް، ނުޒުހަތު ޝުއައިބު، ހުސައިން ޝަދިޔާނު (ސޭންޑީ)، އަދި އައްޒަގެ ކުރީގެ ފިރިމީހާ ޖުމައިހްއެވެ.
މިދިޔަ އަހަރު މި ޓީމުގައި އައްޒަ ހިމެނުނެވެ. މި އަަހަރުގެ ޢީދު ޝޯއަށް އައްޒަ ދިޔައީ މަޝްހޫރު ފެހުންތެރިޔާ އަދި ނެށުންތެރިޔާ ޖާދުﷲ (ޖާދު)ގެ ޓީމާއެކުގައެވެ. އެ ޓީމުގައި ދެން ހިމެނެނީ ފާތިމަތު ފަރީލާ، އިބްރާހިމް ސޮބާހު (ކުޑަ ސޮބާ) ، އާމިރާ އިސްމާއީލްގެ އިތުރުން އެހެން ދެ ނެށުންތެރިންނެވެ.
މި ޓީމުން ވަނީ އދ. މަހިބަދޫއިން އީދު ޝޯ ފަށާފައެވެ. އޭގެ ފަހުން އއ. ތޮއްޑޫއާއި ރ. އަލިފުށީގެ އިތުރުން ނ. ވެލިދޫއާއި އެ އަތޮޅު މަނަދޫއާއި ރ، މާކުރަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް