ޕީއެސްޖީގެ ކޯޗަކަށް ސްރިސްޓޯފް ގަލްޓިއާ ހަމަޖައްސައިފި

ފްރާންސްގެ ކުލަބު ޕީއެސްޖީގެ ކޯޗަކަށް ކްރިސްޓޯފް ގަލްޓިއާ ހަމަޖައްސައިފިއެވެ. ގަލްޓިއާ ޕީއެސްޖީގެ ކޯޗުކަމަށް ހަމަޖެއްސީ ކުރިން އެ ކުލަބުގެ ކޯޗުކަމުގައި ހުރި މައުރިސިއޯ ޕޮޗެޓީނޯ މަޤާމުން ވަކިކުރުމަށް ފ...

05 Jul 2022 | 17:28

ފްރާންސްގެ ކުލަބު ޕީއެސްޖީގެ ކޯޗަކަށް ކްރިސްޓޯފް ގަލްޓިއާ ހަމަޖައްސައިފިއެވެ.

ގަލްޓިއާ ޕީއެސްޖީގެ ކޯޗުކަމަށް ހަމަޖެއްސީ ކުރިން އެ ކުލަބުގެ ކޯޗުކަމުގައި ހުރި މައުރިސިއޯ ޕޮޗެޓީނޯ މަޤާމުން ވަކިކުރުމަށް ފަހުގައެވެ. ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުގެ މަޤާމުން ވަކިކުރީ ނިމިގެން ދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީއާއި ގުޅިގެންނެވެ.

ނިމިގެން ދިޔަ ސީޒަނުގައި ގަލްޓިއާ ހުރީ ނީސްގެ ކޯޗުކަމުގައެވެ. ނަމަވެސް ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވުމަށް އޭނާ ވަނީ ނީސްގެ ކޯޗުކަމުން ވަކިވެފައެވެ. ގަލްޓިއާ ވަނީ ފްރާންސް ލީގުގެ ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައެވެ. އެހެން ނަމަވެސް އޭނާއަށް އެ ކުލަބުތަކާއި އެކު މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. ގަލްޓިއާއަށް އޭނާގެ ކޯޗިން ކެރިއަރުގައި ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ 2020 ވަނަ އަހަރު ލިލްގެ ކޯޗުކަމުގައި އެޓީ މަށް ފަރާންސް ލީގު ހޯދައިދިނުމެވެ.

ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު ގަލްޓިއާ ބުނީ އޭނާއަށް ޕީއެސްޖީ ކަހަލަ ވަރުގަދަ ކުލަބަކުން ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއް ކަމަށާއި އަދި މިއީ ކޯޗިން ކެރިއަރުގައި ލިބިގެންދާނެ މުޅިން އާތަޖުރިބާއެއް ކަމަށެވެ. އަދި ކުލަބަށް ރަނގަޅު ކާމޔާބީތައް ހޯދައިދިނުމަށް ލިބިފައިހުރި ތަޖުރިބާގެ ބޭނުން ކޮށްގެން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

" ޕީއެސްޖީ ކަހަލަ ބޮޑު ކުލަބަކުން ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއް. އަހަރެން މި ކުލަބާއި އެކު ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރާނަން. މިއީ މުޅިން އަލަށް ކުރަން ޖެހުނު ތަޖުރިބާއެއް." ގަލްޓިއާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް