ޓެކްސީ ދަތުރުތަކުގެ އަގަށް ސަރުކާރުން ބަދަލުގެނެސްފި

ގްރޭޓާ މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގަށް ސަރުކާރުން ބަދަލު ގެނެސްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި މި ބަދަލު ގެނައީ ރާއްޖޭގެ ބާޒާރުގައި ތ...

05 Jul 2022 | 15:31

ގްރޭޓާ މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގަށް ސަރުކާރުން ބަދަލު ގެނެސްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި މި ބަދަލު ގެނައީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެންނެވެ. އަދި މި ބަދަލަށް މާދަމއަިން ފެށިގެން އަމަލުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އާ އަގުތައް:

  • މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު | 30ރ
  • މާލެ' އިން ހުޅުމާލެ ފިޔަވަހި1 އަށް، އަދި ހުޅުމާލެ ފިޔަވަހި1 އިން މާލެ' އަށް | 85ރ
  • މާލެ' އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި2 އިން މާލެ' އަށް | 100ރ
  • މާލެ' އިން ހުޅުލެ އަށް، އަދި ހުޅުލެ އިން މާލެ' އަށް | 70ރ
  • ހުޅުމާލެ ފިޔަވަހި1 އިން ހުޅުލެ އަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި1 އަށް | 80ރ
  • ހުޅުމާލެ ފިޔަވަހި2 އިން ހުޅުލެ އަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި2 އަށް | 85ރ
  • ހުޅުމާލެ ފިޔަވަހި1 އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި2 އިން ހުޅުމާލެ ފިޔަވަހި1 އަށް | 40ރ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް