މިއަދު މާލޭގައި ސިފައިން ހަރަކާތްތެރިވީ ނުރައްކާތެރި ކަމަށް ބެލެވޭ ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެންކަމުގައި އެމްއެންޑީއެފުން ބުނެެފިއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ ނުރައްކާތެރި ކަމަށްބެލެވޭ ގޮތް ނޭގޭ އެއްޗެއް މާލޭގެ ދެ ސަރަހައްދެއްގައި އޮތްކަމަށް ލިބުނު ރިޕޯރޓަކާއި ގުޅިގެން މިއަދު އެމް.އެން.ޑީ.އެފް އިން ވަނީ އެސަރަހައްދުތަކުގައި ހަރަކާތްތެރި ވެފައި ކަަމަށާއި ބެލި ބެލުމުން މިކަމުގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ޔަޤީންވުމުން މިހާރު ވަނީ މި ހަރަކާތް ނިންމާލެވިފައި ކަމަށެވެ.
"މިކަމުގައި އެންމެހާ ފަރާތްތަކުން ދެެއްވި އެއްބާރުލެއްވުމަށް ނިހާޔަތައް ޝުކުރު އަދާކުރަމެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކުރިން މައުލޫމާތު ލިބުނުގޮތުގައި ތިން ސަރަހަައްދެއްގައި މިފަދައިން ސިފައިން ހަރަކާތްތެރިވިއެވެ. ނަމަވެސް ހަރަކާތްތެރިވީ ދެ ސަރަހައްދެއްގައިކަމަށް ސިފައިން މިވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް