އައިޖީއެމްއެޗް ތަރައްގީކޮށް މީހުން ބިނާކުރުމަށާއި ތަމްރީނު ކުރުމަށް ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީ އާއެކު އެއްބަސްވެއްޖެ

އައިޖީއެމްްއެޗް ގެ ތަރައްޤީ އަށާއި މީހުން ބިނާކުރުމަށާއި ތަމްރީނު ކުރުމަށް ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީ އާއި އައި.ޖީ.އެމް.އެޗް އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫގެ ދަ...

05 Jul 2022 | 08:32

އައިޖީއެމްްއެޗް ގެ ތަރައްޤީ އަށާއި މީހުން ބިނާކުރުމަށާއި ތަމްރީނު ކުރުމަށް ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީ އާއި އައި.ޖީ.އެމް.އެޗް އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫގެ ދަށުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަރޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި ވޯލްޑައިވްސްގެ ފަރާތުން GGHC ރާއްޖޭގެ ރެޕްރެޒެންޓޭޓިވްގެ އެއްބާރުލުން ލިބިގެންދާނެއެވެ.

އެކި ބަލިތަކަށް ފަރުވާދޭ ޚާއްޞަ މަރުކަޒުތައް ޤާއިމް ކުރެވިފައިވާ މި ހޮސްޕިޓަލް ޗެއިންގައި އައި.ޖީ.އެމް.އެޗަށް ތަފާތުއެކި ދާއިރާތަކުން އޮބްޒާވަރޝިޕް ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ވަކިން ޚާއްޞަކޮށް ގޭސްޓްރޮސައިންސްއާއި ނިއުރޯސާރޖަރީ އަދި ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އައި.ޖީ.އެމް.އެޗަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެމްއޯޔޫގެ ދަށުން އައި.ޖީ.އެމް.އެޗުން ޚިދުމަތް ނުލިބޭ ދާއިރާތަކަށް ޚާއްޞަ ޑޮކްޓަރުން އައި.ޖީ.އެމް.އެޗް ގައި ބަލިމީހުންބެލުމާއި ސާރޖަރީކުރަން ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ލުއިފަސޭހަވާނޭހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ އައި.އެޗް.އެޗް ހެލްތުކެއަރގެ ދަށުން ހިންގޭ ހޮސްޕިޓަލުތަކެކެވެ. މުޅި ޖުމްލަ 84 ހޮސްޕިޓަލް ހިންގާ މި ގުރޫޕުގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ. ތުރުކީ އަދި އިންޑިއާގައި ވަނީ ޤާއިމްކޮށްފައެވެ.

ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ ދުނިއޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ އެންމެ މަތީ ފެންވަރުގެ ޒަމާނީ ފަރުވާދެވޭ ހޮސްޕިޓަލްތަކެކެވެ.

މި އެމްއޯޔޫގެ އެންމެ މުހިންމު މަޤްސަދަކީ އައި.ޖީ.އެމް.އެޗް އިން ދެވޭ ފަރުވާއަކީ ޒަމާނީ އަދި އެންމެފުރިހަމަ ފަރުވާކަމުގައި ކަށަވަރުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް