ބީއެމްއެލް ފެހި ޕްރޮޖެކްޓް: ރަށަށް ބޭނުންވާ ގަސް ހިލޭ ހޯދުމުގެ ފުރުސަތު

ދިވެހިރާއްޖޭގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އަށް ހުށަހެޅުމުގެ މުއްދަތު މި މަހު...

05 Jul 2022 | 07:47

ދިވެހިރާއްޖޭގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' އަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.

ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ބޭންކުން ވަނީ ނިންމާފައެވެ.

[email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:59އެވެ. އެޕްލިކޭޝަން ފޯމާއި ފެހި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް