އަންދާޒާ ކުރި ވަރަށް ވުރެ ވެސް ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ބާރަށް ކުރިއަށް އެބަދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިހާރުކުރިއަށްދާ ޕްރެސް ކޮންފަރެންސަ ގައި މިނިސްޓަރ ވިދާޅުވީ ޗައިނާ އިން ޓޫރިސްޓުން ނާންނަ އިރު ވެސް ރާއްޖެ އަންނަ ޓޫރިސްޓުންގެ މިންވަރު ހުރީ ގާތްގަނޑަކަށް 2019 ވަނަ އަހަރު ހުރި ވަރުގައި ކަމަށެވެ. އަދި ރާއްޖެ ލަންކާއާ އަޅައެއް ނުކިޔޭނެ ކަމަށެވެ.
ޚަރަދު ކުޑަކުރުމާ އެކު، އާމްދަނީ އިތުރުކުރުމަށް ކަންތައްތަކެއް ކުރަން ޖެހޭ ކަމަށާއި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ގާތްގަނޑަކަށް %6 ޚަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑުގެ ތެރޭގައި 2020 ވަނަ އަހަރު ހުށަހެޅީ 37 ބިލިއަން ރުފިޔާ ކަމަށާއި އެކަމަކު ޚަރަދު ކުރީ 28 ބިލިއަން ރުފިޔާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އޭރު ވެސް ޚަރަދު ކުޑަކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ރިކަރަންޓް ޚަރަދުން %22 ކުޑަކުރެވިއްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ދަތުރަށް ކުރާ ޚަރަދުތައް ފަދަ ގިނަ ޚަރަދުތަކެއް ކުޑަކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް