އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އައި އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ފްރޭންކް ކެސީ އާއި ޗެލްސީއަށް ކުޅެމުން އައި ޑެންމާކްގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެއްޖެ އެވެ.
މި ދެ ކުޅުންތެރިން ވެސް ބާސެލޯނާއަށް ބަދަލުވީ ހިލޭ ޓްރާންސްފާގެ ދަށުންނެވެ.
ފަސް ސީޒަނެއް އޭސީމިލާނުގައި ހޭދަކުރުމަށް ފަހު ކެސީ ބާސެލޯނާއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއް ދަށުން ސީޒަނަކަށް 6.5 މިލިއަން ޕައުންޑުގެ މުސާރައެއް ދޭގޮތަށް ކަމަށް ރިޕޯތުތައް ބުނެއެވެ.
ކެސީއަކީ މިލާނުގައި މުހިންމު ދައުރެއް އަދާކުރަމުން އައި ކުޅުންތެރިއަކަށް ވުމުން ކެސީ ނެތްތަން ފޫބެއްދުމަކީ މިލާނަށް އުނގަދޫތަކަކާއި ކުރިމަތިވެދާނެ ކަމެކެވެ. ނިމިގެން ދިޔަ ސީޒަނުގައި އިޓަލީގެ ލީގު ޗެމްޕިއަންކަން މިލާނުން ހޯދާފައިވާއިރު، ކެސީ ވަނީ މިލާނުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އަދި ޗެލްސީގައި ދިހަ އަހަރު ހޭދަކުރުމަށް ފަހު ކްރިސްޓެންސަން ބާސެލޯނާއަށް ބަދަލުވާން ނިންމީ އޭނާ ޗެލްސޯއާއޮ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ. ލްރިސްޓެންސެން ޗެލްސީ ދޫކޮށް ބާސެލޯނާއަށް ބަދަލުވީ ހަތަރު އަހަރުގެ ދުވަހުގެ އެއްބަސްވުމުގެ ދަށުން އަހަރަކު ހަ މިލިއަން ޕައުންޑުގެ މުސާރައަކަށް ކަމަށް ރިޕޯތުތައް ބުނެއެވެ.
ކްރިސްޓެންސަން ވަނީ ޗެލްސީއާ އެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް