ޓޫރިސްޓް ވިސާގައި ހައްޖު ނުކުރެވޭނެ: ސައުދީ

ޓޫރިސްޓް ވިސާގައި ސައޫދީ އަރަބިއްޔާއަށް ދެވުނު ނަމަވެސް އެ ވިސާގައި ގޮސް ހައްޖު ނުކުރެވޭނެކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ. އެ ގައުމުން މިހެން ބުނެފައިވަނީ ޓޫރިސްޓް ވިސާގައި ގޮސް ހައްޖުގެ ކަންކ...

05 Jul 2022 | 05:41

ޓޫރިސްޓް ވިސާގައި ސައޫދީ އަރަބިއްޔާއަށް ދެވުނު ނަމަވެސް އެ ވިސާގައި ގޮސް ހައްޖު ނުކުރެވޭނެކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.

އެ ގައުމުން މިހެން ބުނެފައިވަނީ ޓޫރިސްޓް ވިސާގައި ގޮސް ހައްޖުގެ ކަންކަން ފުރިހަމަ ކުރުމުގެ ރިކުއެސްޓްތައް ލިބެމުންއަންނާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުންނެވެ.

އެގޮތުން ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވަނީ ހައްޖު ވުމަށް ބޭނުންކުރެވޭނީ ހަމަ އެކަނި ހައްޖު ވިސާ ކަމަށެވެ. އަދި އުމްރާ ވުމަށް ޓޫރިސްޓް ވިސާ ބޭނުން ކުރެވުނު ނަމަވެސް ހައްޖު މޫސުމުގައި އެ ވިސާގައި އުމްރާވެސް ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް