ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންފިއެވެ.
ރިޔާދު ޑެއިލީގައި ރިޕޯޓްކޮށްފައިވާގޮތުގައި ރައީސް މަދީނާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ މަދީނާގެ ގަވަރުނަރު ޕްރިންސް ފައިސަލް ބިން ސަލްމާން ބިން އަބްދުލް އަޒީޒްގެ އިތުރުން އެ ގަވަރުނޭޓުގެ އިސް އޮފިޝަލުންނެވެ.
ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރާއްޖެއިން ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް