ލަންކާގައި ކުޑަ ކުއްޖާއާއެކު ޖިންސީ އަމަލު ހިންގި އަޝްމަލީގެ ބަންދަށް 10 ދުވަސް

އަވައްޓެރި ސްރީލަންކާގެ މައުންޓް ލެވީނިއާގައި 15 އަހަރުގެ ކުޑަކުއްޖާއި އެކު ޖިންސީ އަމަލު ހިންގި މައްސަލައިގަ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. މި މައ...

05 Jul 2021 | 17:33

އަވައްޓެރި ސްރީލަންކާގެ މައުންޓް ލެވީނިއާގައި 15 އަހަރުގެ ކުޑަކުއްޖާއި އެކު ޖިންސީ އަމަލު ހިންގި މައްސަލައިގަ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލައިގަ ދިވެއްސަކާއި އެކު32 މީހުން ހައްޔަރު ކޮށްފައިވާކަމަށް ލަންކާ ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައި އެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ ކުއްޖާއަށް ފައިސާ ދީގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ.

ލަންކާ ފުލުހުން ވަނީ އެ މައްސަލައިގަ ހައްޔަރު ކުރީ އަޝްމަލީކަން ދިވެހި މީޑިއާއަށް ކަށަވަރުކޮށްދީފަ އެވެ.

މި މައްސަލައިގަ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ލަންކާ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެ މައްސަލައިގަ ކުއްޖާ ލައްވާ ޖިންސީ އަމަލު ހިންގުމާފައިވަނީ އެ ކުއްޖާގެ މަންމަ އާއި އިތުރު ބަޔަކު ވެގެން ވެބްސައިޓެއް މެދުވެރިކޮށް އެކަން އިޝްތިހާރު ކޮށްގެންނެވެ. މި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރޭގައި ލަންކާގެ ބުދިސްޓް މޮންކަކާއި، އޮޓޯ ޑްރައިވަރަކާއި އެ އަމަލު ހިންގާ ހޮޓެލުގެ މެނޭޖަރުގެ އިތުރުން ވެބް ދިވެލޮޕަރަކު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް