އަތޮޅު ތެރެއިން މިއަދު ކޯވިޑް ޖެހުނު އަދަދު 111 ގައި، މާލެއިން 15 މީހުން

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު129 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 15 މީހުން ކަމަށެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 111 މީހުންނެވެ. ދެން މިއަދު ޕޮސިޓިވ...

05 Jul 2021 | 17:07

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު129 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 15 މީހުން ކަމަށެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ 111 މީހުންނެވެ. ދެން މިއަދު ޕޮސިޓިވްވީ ރިސޯޓުތަކުން ދެ މީހުންނާއި ސަފާރީތަކުން މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 4،913 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،226 މީހުންނަށެވެ. އޭގެ ތެރެއިން 25 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 71،029 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 74،480 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް