ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހް އަދި އިންޑޮނޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް ޖައުފަރު އީސާ އާދަމަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި އެގައުމުތަކުގެ އޮނަރަރީ ކޮންސިލްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދީ އެކަމުގެ ލިޔުން (އެގްޒެކެޓަރ) ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ހަވާލުކޮށްދެއްވަފައިވާ ކަމަށެވެ.
އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އޮނަރަރީ ކޮންސުލް އިންނަކީ އެގައުމުތަކުގެ ސަރުކާރުން ކަނޑައަޅުއްވާ، އެގައުމުތަކުން ރާއްޖޭގައި ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތަކުގައި އެހީތެރިވުމަށް ތިއްބަވާ ބޭފުޅުންކަން ފާހަގަކޮށްލަން ޖެހެއެވެ.
އިންޑޮނީޝިއާ އިން ކަނޑައެޅި އޮނަރަރީ ކޮންސެލް ޖައުފަރަކީ ޖާހު ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރު އަދި އެގްޒެކެޓިވް ޑިރެކްޓަރެވެ. ހަންގޭރީން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލް، ޖަނާހު އަކީ ޓޫރިޒަމް ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ. އޭނާ ވަނީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސްކަން ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް