އޮންލައިންކޮށް އަލީގެ ޝަރީއަތް ކުރިޔަށް ގެންދާ މައްސަލައިގެ އިސްތިއުނާފު މާދަމާ ފަށަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ޖިންސީގޯނާގެ ތުހުމަތުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލައިގަ ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު އަޑު އެހުންތައް މާދަމާ ...

05 Jul 2021 | 14:17

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ޖިންސީގޯނާގެ ތުހުމަތުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލައިގަ ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު އަޑު އެހުންތައް މާދަމާ ފަށަން ތާވަލު ކޮށްފި އެވެ.

މިމައްސަލަ ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އަލީ ވަހީދު މައްސަލައިގެ ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ގެންދިއުން ބަލައި ނުގަންނަ ކަމަށް ބުނެ އެވެ.

މި މައްސަލައިގެ އިސްތިއުފާނު އަޑުއެހުން ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު ފަހު 3:15 ގައި އެވެ.

ޕީޖީ އޮފީހުން މި މައްސަލަ އިސްތިއުނާފު ކުރީ ޝަރީއަތް ކުރިޔަށް ދިޔަ އިރު އަލީ ވަހީދު ހުރި ތަނެއް ނޭނގޭތީ އެވެ. އަދި ޕީޖީން ބުނީ ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.

އެކަމަކު ފަހުން ކްރިމިނަލް ކޯޓުން ވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަލީ ޝަރީއަތުގައި ބައިވެރިވީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ކަން ޕީޖީ އޮފީހަށް ޔަގީން ކޮށްދީފަ އެވެ.

އަލީ ވަހިދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް މައްސަލައެއްގައި ދައުވާ އުފުލާފައިވެ އެވެ. އެ މައްސަލަތަކަކީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވި އިރު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް