ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕުޓް ކަޕޫރުގެ ނަމުގައި އަގު ބޮޑު އެޕާޓްމެންޓެއް ގަނެގެން ތައްޔާރު ކުރަމުންދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.
އެ އެޕާޓްމެންޓަކީ މުމްބާއީ ދެކުނުގެ ގޮނޑުދޮށް ސަރަހައްދުގައި މޫދު ފެންނަ ގޮތަށް ހުންނަ އަގުބޮޑު އިމާރާތެއްގައި ހުރި އެ ޕާޓްމެންޓެވެ. ގާތްގަނޑަކަށް 59 މިލިއަން ރުޕީސް އަށްވުރެ އަގުބޮޑުކޮށް ޝާހިދު ގަނެފައިވަނީ އެ އިމާރާތުގެ 42 އަދި 43 ވަނަ ފަންގިފިލާ އެވެ.
އެޕާޓްމެންޓު ޝާހިދު ބޭނުންވާ ފެންވަރަށް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާއިރު މިދިޔަ ހަފްތާގައި ދެމަފިރިންނާއި ޝާހިދުގެ ކޮއްކޮ އިޝާން ކައްކަރު ވަނީ އެތަނުގެ މަސައްކަތް ކުރިޔަށް ދާގޮތް ބަލާލަން ގޮސްފައި އެވެ. ލަފާ ކުރާ ގޮތުގައި އެއްކޮށް މަސައްކަތް ނިންމައި ޝާހިދުގެ އާއިލާއަށް އެތަނަށް ބަދަލު ވެވޭނީ މިއަހަރު ފަހުކޮޅު އެވެ.
https://www.instagram.com/p/CQvAxUZFXAp/
އެޕާޓްމެންޓުގެ ބޮޑުމިނުގައި ބެލްކަނިތަކާއި އެކު 8،625 އަކަފޫޓު ހުރެ އެވެ. އެހެންވެ ޝާހިދުގެ އާއިލާގައި ހިމެނޭ ދެމަފިރިންނާއި ދެ ދަރިންނަށް މިއީ އެންމެ އެކަށީގެންވާ ޖާގަ ތަނަވަސް އެޕާޓްމެންޓެކެވެ.
އޭރުން އެ ދެމަފިރިން ވާނީ އަބީޝެކް ބައްޗަން އާއި އައިޝްވާރްޔާ ރާއީ ބައްޗަންގެ އިތުރުން އަކްޝޭ ކުމާރާއި ޓުވިންކަލް ކަންނާގެ އަވައްޓެރިންނަށެވެ. އެ ދެ އާއިލާ އެ އިމާރާތުން އެޕާޓްމެންޓު ގަނެގެން ދިރިއުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް