ލ. ފޮނަދޫގައި ފެން ތަހުލީލުކުރާ ލެބޯރެޓަރީ ޤާއިމްކުރުމުގެ ޑިޒައިން ކޮންސަލްޓަންސީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ، ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ލ. ފޮނަދޫގައި ޤާއިމުކުރާ، ސަރަހައްދީ، ފެން ތަހުލީލުކުރާ ލެބޯރެޓަރީ ޤާއިމ...

05 Jul 2021 | 10:26

ރާއްޖޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ، ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ލ. ފޮނަދޫގައި ޤާއިމުކުރާ، ސަރަހައްދީ، ފެން ތަހުލީލުކުރާ ލެބޯރެޓަރީ ޤާއިމުކުރުމުގެ މަޝްރޫއުގެ ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާ މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޯލޮޖީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ އެވެ. އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުއާވިއަތު އަބްދުއް ސައްތާރެވެ.

މި އެއްބަސްވުމުގެ ދަށުން، ލ. ފޮނަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ، ފެން ތަހުލީލުކުރާ ލެބޯރެޓަރީގެ މަސައްކަތުގެ ސާވޭކުރުމާއި ޑިޒައިނަޢީ ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މި މަސައްކަތްކުރުމަށް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި  ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 270،300.00 ( ދެ ލައްކަ ހަތްދިހަ ހާސް އިންސަތޭކަ) ރުފިޔާއެވެ. އެއްބަސްވުމުގައިވާގޮތުން  މި މަސައްކަތް  6  މަސްދުވަހުގެތެރޭގައި  ނިންމުމަށް  ވަނީ  ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް