ޕޯސްޓްމޯޓަމް ހައްދަން ކުއްޖާގެ ހަށިގަނޑު ޓްރިވެންޑްރަމަށް ފޮނުވާލައިފި

ރަހީނުކޮށް މަރާލި13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި އެވެ. ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމަށެވެ. ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑު ފޮނުވީ މިއަދު ހެ...

05 Jul 2021 | 08:22

ރަހީނުކޮށް މަރާލި13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި އެވެ.

ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމަށެވެ. ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑު ފޮނުވީ މިއަދު ހެނދުނު10:15 އޮތް މޯލްޑިވިއަންގެ މަތިންދާ ބޯޓުން ކަމަށެވެ.

ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ އެ ކުއްޖާގެ އާއިލާގެ ރުހުމާ އެކު އެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އާއިލާގެ ރުހުމާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ.

އެ ކުއްޖާ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ މަހުގެ22 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީ މޫދުގައި އެވެ. އަނެއް ދުވަހު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމިކަން އިއުލާނު ކުރިޔަސް މިހާތަނަށް ހަށިގަނޑު ފޮނުވާފައެއް ނުވެ އެވެ.

ފުލުހުން ބުނީ ލަސްވީ އޮފީސްތައް ބަންދުވުމުން އިދާރީގޮތުން ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ކުރަން ޖެހޭ މުއާމަލާތްތަކެއް ފުރިހަމަ ނުކުރެވިގެން ކަމަށެވެ.

މި މައްސަލައިގަ ދެމީހަކު ހައްޔަރު ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް