މުދާ އުފުލާ ދޯންޏެއް ހދ. ނޮޅިވަރަންފަރު ނެރަށް އުރިއްޖެ އެވެ.
"އަލިސާފު" ނަމަކަށް ކިޔާ އެ އުޅަނދު އުރުނީ އެ ރަށު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި އެވެ. އެ ދޯނީގައި90 ފޫޓު ހުރެ އެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދާން އޭރިއާގެ ކޯސްޓްގާޑަށް ކޮށްފައިވަނީ ރޭ8:21 ހާއިރު ކަމަށެވެ. މިހާރު އެ ސަރަހައްދުގައި ސިފައިންގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަނީ ވެރިފަރާތުން ހަމަޖެއްސި ދޯންނެއްގެ އެހީގައި ކަމަށެވެ.
ހާދިސާ ހިނގި އިރު ދިވެއްސަކާއި ދެ ބިދޭސީން ދޯނީގައި ތިއްބެވެ. އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް