ވަކި މުއްދަތެއްގައި ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ކޮވިޝީލް 2 ވަނަ ޑޯޒް ޖަހަން އޮންލައިން ޓޯކަން ދޫކުރަނީ

ރާއްޖެއަށް މީހަކު ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ޖެހުމަށް މިއަދު އޮންލައިންކޮށް ވަކި އަދަދަކަށް ޓޯކަން ދޫކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިހާރު ލިބިފައިވާ...

05 Jul 2021 | 06:16

ރާއްޖެއަށް މީހަކު ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ޖެހުމަށް މިއަދު އޮންލައިންކޮށް ވަކި އަދަދަކަށް ޓޯކަން ދޫކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިހާރު ލިބިފައިވާ ކޮވިޝީލްޑުން ވެކްސިނުން ޖަހައި ދެމުން ދަނީ ދެވަމަ ޑޯޒު އެކަންޏެވެ. އިއްޔެ މާލޭގައި ފުރަތަމަ ވެކްސިން ދިނުން ކުރިޔަށް ގެންދިޔައީ އެޕޮއިންޓްމެންޓް އުސޫލުން އެކަންޏެވެ.

އެޗްޕީއޭއިން ބުނީ މިއަދު ވެކްސިން ޖަހައި ދިނުމަށް އޮންލައިންކޮށްވެސް ޓޯކަން ދޫކުރާނެ ކަމަށެވެ. ކޮވިޝީލްޑް ދެ ވަނަ ޑޯޒު ޖަހައިދެމުންދާ އިސްލާމީ މަރުކަޒާއި ސޯޝަލް ސެންޓަރުގައި ކޮންމެ ސެންޓަރަކުން ދެ ދަންފަޅީގައި 200 ނަމްބަރު، ހުޅުމާލޭ ވެކްސިން ސެންޓަރުގައި ދެ ދަންފަޅީގައި 120 ނަމްބަރު އަދި އާޓް ގެލަލީން ވެކްސިން ޖެހުމަށް ކޮންމެ ދަންފަޅިއެއްގައި 70 ޓޯކަން އޮންލައިންކޮށް ދޫކުރާނެ އެވެ.

ވެކްސިންު ޖެހުން ކުރިޔަށް ގެންދަނީ ހެނދުނު 10:00 އާއި މެންދުރު 1:00 ގައި އެވެ. އެކަމަކު ދެ ދަންފަޅިއަށް ޓޯކަން އޮންލައިންކޮށް ނެގޭނީ ހެނދުނު 9:00 އާއި މެންދުރު 12:00 އާއި ދެމެދު އެވެ.

އެޗްޕީއޭއިން ބުނީ އޮންލައިންކޮށް ޓޯކަން ދޫކުރުމުގެ އިތުރުން ބައެއް ފަރާތްތަކަށް އެޗްޕީއޭއިން ގުޅައި އެޕޮއިންޓްމެންޓު ދެމުންދާނެ ކަމަށާއި އެ ފަރާތްތަކުން ވަގުތަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. މި ދެ ގޮތަށްވެސް ވެކްސިން ޖެހޭނީ ފެބްރުއަރީ އެކަކަކުން މާޗް 15 އާއި ދެމެދު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތަކަށެވެ.

އެޗްޕީއޭއިން ބުނީ މި ދެގޮތް ނޫން ގޮަތަކަށް ވެކްސިން ޖަހަން ދިޔަޔަސް ވެކްސިން ނުޖަހައިދެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް