ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައިގަ ލަންކާއިން ހައްޔަރު ކުރި ބައެއްގެ ތެރޭގައި ދިވެއްސަކު

އަވައްޓެރި ސްރީލަންކާގެ މައުންޓް ލެވީނިއާގައި 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނެއްޖި އެވެ. ލަންކާގެ މީޑިއާ ރި...

05 Jul 2021 | 05:51

އަވައްޓެރި ސްރީލަންކާގެ މައުންޓް ލެވީނިއާގައި 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނެއްޖި އެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ މައްސަލައިގަ އިސްކޮށް އުޅުނު މީހުންގެ ގޮތުގައި ހައްޔަރުކޮށްފައިވަނީ ލަންކާގެ ތިން މީހުންނާއި ދިވެއްސެކެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.

ލަންކާ ފުލުހުން ބުނީ އެ ކުއްޖާ ލައްވާ ހަށިވިއްކުވާތާ މިހާރު ތިން މަސްވަރު ވެއްޖެ ކަމަށެވެ. އެކަން ކުރަނީ ވެބްސައިޓެއްގައި އިޝްތިހާރު ޖަހައިގެން މީހުން ހޮޓަލަކަށް ގެންގޮސްގެން ކަމަށްވެ އެވެ.

މި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ހޮޓަލުގެ މެނޭޖަރަކާއި ކުއްޖާގެ މަންމަގެ އިތުރުން ވެބްސައިޓުގައި އިޝްތިހާރު ޖަހައި މީހުން ހޯދައި ދިނުމުގައި އުޅުނު މީހާ ހިމެނެ އެެ.

މި މައްސަލައިގަ ހައްޔަރު ކުރި ދިވެހި މީހާ އަދާކުރި ރޯލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. އެމީހާއަށް ފުލުހުން ކުރަނީ ކޮން ތުހުމަތެއް ކަމެއް ނޭނގެ އެވެ.

މި މައްސަލަ އާއި ގުޅުންހުރި 32 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ. އަދި އިތުރު 12 މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް