ފިލިޕިންސްގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި، 50 މަރު، ބައެއް ސިފައިން ސަލާމަތްވާ ބޯޓުން ފުންމާލި!

ފިލިޕިންސްގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި އެވެ. އިއްޔެ އެ ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ޖޯލޯ އައިލެންޑުގެ އެއާޕޯޓު ރަންވޭއަށް އެ މަތިންދާ ބޯޓު ޖައްސަން އު...

05 Jul 2021 | 04:58

ފިލިޕިންސްގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި އެވެ.

އިއްޔެ އެ ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ޖޯލޯ އައިލެންޑުގެ އެއާޕޯޓު ރަންވޭއަށް އެ މަތިންދާ ބޯޓު ޖައްސަން އުޅެ އެކަން ކާމިޔާބު ނުވުމުމުން މައްޗަށް އަރަނިކޮށް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެ އެވެ. ބޯޓު ވެއްޓިފައިވަނީ މީހުން އުޅޭ ސަރަހައްދަކާ މާ ދުރުނޫން ގަސްބޯ ސަރަހައްދަކަށެވެ.

މި ހާދިސާގައި ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން މިހާތަނަށް 50 ސިފައިން މަރުވެފައިވެ އެވެ. އަދި ބޯޓު ވެއްޓުނު ސަރަހައްދުން ހިނގާފަ ދިޔަ ތިން މީހަކު މަރުވެފައިވާއިރު ބޯޓު ވެއްޓުމާއި އެކު ރޯވި އަލިފާންގަނޑުގެ ތެރެއިން ބައެއް މީހުން ސަލާމަތް ކޮށްފައިވެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ހަވާލާދީ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުނީ ކަޅު ދުންތަކެއް ވައިގެ ތެރެއަށް ބޭރުވުމަށް ފަހު ބާރު އަޑަކާއި އެކު އެވެ. އަދި ބޯޓުން ގިނަ ސިފައިންތަކެއް ސަލާމަތްވާން ފުންމާތިލަން ފެނުނު ކަމަށް ބުނެއެވެ.

ފިލިޕިންސް އަސްކަރިއްޔާއިން ބުނީ އެމީހުން ބޯޓުން ފުންމާލި ގޮތުގެ ތަފްސީލް އަދި ނުލިބޭ ކަމަށެވެ. އަދި އޭގެ ތެރެއިން ސަލާމަތްވެފައިވަނީ ކިތަން މީހުން ކަމެއް ނޭނގޭ ކަމަށާއި، ހާދިސާގައި ސަލާމަތް ކުރުވުނު މީހުންގެ ފަރާތުން އެ މައުލޫމާތު ހޯދާނެ ކަމަށެވެ.

އެ ގައުމުގެ އަސްކަރިއްޔާއިން ބުނީ ބޯޓު ވެއްޓުނީ ބަޔަކު ހަމަލާ ދީގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެ ސިފައިން ޖޯލޯ އައިލެންޑަށް ދިޔައީ ފިލިޕިންސްގެ ދެކުނުގައި ހަރަކާތްތެރިވާ އިސްލާމީ ހަރުކަށި ގްރޫޕަކައި ދެކޮޅަށް އަސްކަރީ ހަރަކާތްތަކެއް ހިންގުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް