ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެއްޖެ

މިރޭ ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި އެކަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ...

05 Jul 2015 | 17:13

މިރޭ ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި އެކަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވީ އުމުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަސުރުމާ ހިނގުން، 133 ނަމްބަރު ފްލެޓް ކައިރިން ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގި ވަގުތު ސައިކަލުގައި ތިބީ ދެ މީހުން ކަމަށާއި އޭގެ ތެރެއިން އެކަކު ނިޔާވެފައިވާއިރު އަނެކަކަށްވެސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ.  އަދި ކާރު ޑްރައިވަރަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް